ވީއައިއޭގައި ފްލައިޓްތަކެއް -- ފޮޓޯ: އެމްއޭސީއެލް

ފްލައިޓްތައް ޑިލޭވެދާނެ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ އަދި ޖައްސާ ފްލައިޓްތައް ޑިލޭވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން މިހެން ބުނެފައިވަނީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ވިއްސާރަ ދުވަސްވަރަކަށް ވުމުންނެވެ.

މި ހަފުތާގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވެސް ވަނީ ލަފާކޮށްފަ އެވެ.

އެހެންކަމުން ވީއައިއޭއިން ފުރާ މީހުންނާއި އެއާޕޯޓަށް ދާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެމްއޭސީއެލް އިން ވަނީ އެދިފަ އެވެ.