ހޮންގް ކޮންގް އެއާލައިނުން ރާޢްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ -- ފޮޓޯ: ވިޒިޓް މޯލްޑިވްސް

ހޮންގް ކޮންގް އެއާލައިނުންގެ ދަތުރުތައް ރާއްޖެއަށް

ހޮންގް ކޮންގް އެއާލައިންގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.

ހޮންގް ކޮންގް އެއާލައިނުން މީގެ ކުރިން ރާއްޖެއަށް ދަތުރުތައް ކުރި އެވެ. ނަމަވެސް އެ ދަތުރުތައް ހުއްޓުނީ ކޮވިޑް-19 ގެ ސަބަބުންނެވެ.

އެއާލައިންގެ ދަތުރުތައް އަލުން ފަށައި ފުރަތަމަ ފްލައިޓް ރާއްޖެ އައީ ރޭ 7:30 ހާއިރު އެވެ.

މި ފްލައިޓުން 209 ފަސިންޖަރުން ރާއްޖެ އައިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.