އުރީދޫ އިން އައިފޯން 16 ގެ ޕްރީ އޯޑަރަށް ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން އައިފޯން 16 ގެ ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސްގެ ފޯނުތަކަށް މިހާރު އޯޑަރު ކުރެވޭނެ އެވެ.

އައިފޯން 16 ޕްރޯގެ އަގުތައް ފެށެނީ 24،899 ރުފިޔާ އިންނެވެ. އައިފޯން 16 ޕްރޯ މެކްސްގެ އަގުތައް ފެށެނީ 27،199 ރުފިޔާ އިންނެވެ.

ޕްރީ-އޯޑަރުކުރާ އައިފޯނުތައް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ޑެލިވަރީކުރާނެ ކަމަށް އުރީދޫން ބުނެފައިވެ އެވެ.