ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--ފޮޓޯ މަޖިލިސް

2 ބިލިއަންގެ ޓީބިލު ވިއްކަނީ

ފިނޭންސް މިނިސްޓްރީ 2.2 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ހަތަރު ޓީބިލެއް ވިއްކަން އިއުލާނުކޮށްފަ އެވެ. އެއީ އެއް ބިލިއަން ރުފިޔާގެ ޓީބިލަކާއި 426 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 155 މިލިއަން އަދި 621 މިލިއަން ރުފިޔާގެ ޓީބިލެކެވެ

ޓީބިލުތައް ވިއްކަނީ 28 ދުވަހާއި 364 ދުވަހުން އަނބުރާ ދެއްކުމަށެވެ.

އެ މިނިސްޓްރީން މިމަހުވެސް ވަނީ 3.4 ބިލިއަން ރުފިޔާެގެ ޓީބިލު ވިއްކާފަ އެވެ.