ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދިރާގުގެ މާލީ ހިސާބުތަކުން އެނގޭ ގޮތުގައި 2023 ވަނަ އަހަރާއި އަޅާބަލާއިރު ނިމުނު 2024 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.
އެގޮތުން ދިރާގަށް 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 2.6 ބިލިއަން ރުފިޔާ އެވެ.
އެންމެ ބޮޑު އާމްދަނީއެއް މިދިޔަ އަހަރު ދިރާގަށް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.
މޯބައިލް ހިދުމަތްތަކުން 1.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފިކްސްޑް ބްރޯޑްބޭންޑް، ވިޔަފާރި ހިދުމަތްތަކުން 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.