
ބޭންކްތަކަށް ބޭރު ފައިސާ ޖަމާކުރި މިންވަރު ދަށަށް
ރާއްޖޭގެ ބޭންކްތަކަށް ބޭރު ފައިސާ ޖަމާކުރި މިންވަރު ދަށަށް ހިނގައްޖެ އެވެ.
ވޯލްޑް ބޭންކްގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓްގައިވާ ގޮތުން ޖުލައި 2024 އާއި ނިމުނު އަހަރާއި އަޅާބަލާއިރު ބޭންކްތަކަށް ބޭރު ފައިސާ ޖަމާކުރި މިންވަރު ވަނީ 1.4 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ބޭންކްތަކަށް ދިވެހި ރުފިޔާ ޖަމާކުރި މިންވަރުވެސް ދަށަށް ގޮސްފައިވާ ކަމަށް މި ރިޕޯޓްގައި ބުނެފައިވެ އެވެ.
ބޭންކްތަކަށް ރުފިޔާ ޖަމާކުރި މިންވަރު ފާއިތުވި އަހަރު އަށް ޕަސެންޓަށް އިތުރުވި ނަމަވެސް މި އަހަރުގެ ޖުލައިގައި އެ އަދަދު އިތުރުވީ ހަތަރު ޕަސެންޓަށެވެ.