ފުޑް އެންޑް ބެވަރޭޖް ޝޯގެ ތެރެއިން - ފޮޓޯ އެސްޓީއޯ

ރަސެލް ހޮބްސް ބްރޭންޑުގެ އުފެއްދުންތައް އެސްޓީއޯ އިން ރާއްޖެއަށް ތައާރަފުކޮށްފި

ރަސެލް ހޮބްސް ބްރޭންޑުގެ އުފެއްދުންތައް އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ތަޢާރަފް ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ މިއުފެއްދުން އެސްޓީއޯ އިން ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "ފުޑް އެންޑް ބެވަރޭޖްގެ ޝޯވ" ގައެވެ.

އެސްޓީއޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި މި ބްރޭންޑް ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމު އެވެ.

އޮޓޮމެޓިކް ކެޓްލް ވެސް އުފެއްދި ކުންފުނި، ރަސަލް ހޮބްސް އަކީ ބަދިގެ އާއި ގޭގެ ސާމާނު އުފެއްދުމުގައި 70 އަހަރު ވެފައިވާ ޔޫރަޕުގެ ގިނަ ގައުމުތަކުގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އެންމެ މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި ރައިސް ކުކަރ، ސްލޯ ކުކަރ، ސްޓީމަރ ހިމެނެއެވެ. އަދި ގްރިލް، އެއަރ ފްރަޔަރ، އަވެން، ބްލެންޑަރ، ޓޯސްޓަރ، ސޭންޑްވިޗް މޭކަރ އާއި ކޮފީ މޭކަރ އަދި އިސްތިރި ވެސް ހިމެނެއެވެ.

އެސްޓީއޯ އިން މި ބްރޭންޑު ރާއްޖެއަށް ތަޢާރަފްކޮށްފައިވާއިރު، އެސްޓީއޯ އަކީ ރާއްޖޭގެ ރަސަލް ހޮބްސް ބްރޭންޑުގެ އެކްސްކުލޫސިޕް ޑިސްޓްރިބިއުޓަރ ވެސް މެއެވެ.

އެސްޓީއޯ އިން ބުނީ މި އޭޕްރިލް މަހުގެ 10 ވަނަ ދުވަހާ ހަމައަށް ރަސަން ހޮބްސްގެ އުފެއްދުންތަކަށް 10 ޕަސަންޓު ޑިސްކައުޓު ލިބޭނެ ކަމަށެވެ.