އުރީދޫ އަންލިމިޓެޑް ޑޭޓާއާއެކު މުޅިން އާ އެޑް-އޮންސް
އުރީދޫ މޯލްޑިވްސް އިން އާ އަހަރުގެ އޮފާތަކަށް އަނެއްކާވެސް އިތުރު ފުރިހަމަ ކަމެއް ގެނެސް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ 5ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ހިމެނޭހެން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މުޅިން އާ އެޑް-އޮންތަކެއް ތައާރަފްކޮށްފި އެވެ.
ލޯންޗްކުރި އެޑް-އޮންތައް
ޕަވާސްޕީޑް ޕްރޯ: އެންމެ 125 ރުފިޔާއަށް ހަލުވި ސްޕީޑްގައި އަންލިމިޓެޑް ޑޭޓާ އަދި ކޯލް، 25 ގަޑިއިރަށް.
ޕަވާސްޕީޑް: 25 ޖީބީ ޑޭޓާ އަދި އުރީދޫ ކޯލްތައް އެންމެ 25 ރުފިޔާއަށް، 60 ގަޑިއިރަށް.
މި އާ 5ޖީ އެޑް-އޮންތަކުގެ އިތުރުން، އުރީދޫ މޯލްޑިވްސް އިން ވަނީ ބޮޑެތި ޑޭޓާއާއެކު މިނޫންވެސް އާ އަހަރުގެ އޮފާތައް ތައާރަފްކޮށްފަ އެވެ.
އޮފާތަކުގެ ތެރޭގައި 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ އާޗާ ޕްރިޕެއިޑް، އުރީދޫ ޑޭޓާ އަދި މަގޭ ޕްލޭންތައް ހިމެނެ އެވެ.
މީގެ އިތުރުން 150 ޖީބީ އެންމެ 150 ރުފިޔާއަށް ލިބޭ ބޮޑު ޗުއްޓީ ޕެކް، ފަސް ދުވަހަށް އަދި ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭނަތަކާއި އެކު 12 މަހަށް، ހަ މަހަށް އަދި ތިން މަހަށް ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތައް ހިމެނެ އެވެ.
އާ އަހަރާ ގުޅުވައިގެން އުރީދޫ އިން ތައާރަފް ކުރި މި އޮފާތަކަކީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ހާއްސަ ޕްރޮމޯޝަނެކެވެ.
މި އެޑް އޮންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.