ފޮޓޯ: ދިރާގު

"ވިން އަ ޓެސްލާ" ގެ ނަސީބުވެރިޔާއަށް ކާރު ހަވާލުކޮށްފި

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ކާރު ހަވާލުކޮށްފި އެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮތީ އަޟްހާ އީދު ފާހަގަކުރަން ދިރާގުން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިޔަ ޝޯގަ އެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން މުޅިން އާ ޓެސްލާ ކާރު މޮޑެލް ތިނެއްގެ ވެރިޔާގެ ގޮތުގައި ނަސީބުން މުސްތަފާ މުހައްމަދު އެވެ.

ނަސީބުވެރިޔާއަށް ކާރު ހަވާލުކުރުން އޮތީ މިއަދު ދިރާގު ހެޑް އޮފީހުގަ އެވެ.