އެސްޓީއޯގެ އޭޖީއެމް މިމަހުގެ 31ގައި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން – އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.\

އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރާނެ އެވެ. މީގެ އިތުުރުން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންބެ ބޯޑުން ވަނީ ނިންމާފަ އެވެ. މި ނިންމުމާމެދު ގޮތެއް ނިންމާނީ އަހަރީ އާންމު ޖަލްސާގަ އެވެ.