ހަނިމާދޫ ބަނދަރު

ހަނިމާދޫ ބަނދަރު ނިންމާލައިފި

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މަޝްރޫއު ނިމުނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ 65.1 މިލިއަން ރުފިޔާ އަށެވެ.

އާބާދީގައި 2،300 މީހުން ދިރިއުޅޭ ހަނިމާދޫއަކީ އުތުރުގެ އަތޮޅުތަކުގެ ބޮޑު އާބާދީއެއް ވައިގެ ދަތުރުފަތުރު ކުރުމަށް މިހާރުވެސް ބަރޯސާވަމުން އަންނަ ރަށެވެ.

އެމްޓީސީސީން ބުނި ގޮތުގައި ބަނދަރު މަޝްރޫއު ނިމުމުން ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބިގެންދާނެ އެވެ. އޭގެ އިތުރުން، އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާކުރުމުގައި ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މި މަޝްރޫއުގެ ދަށުން 19،870 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބަނދަރު ފުންކުރުމާއި 6،525 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން ހިމެނެ އެވެ.

އޭގެ އިތުރުން 704 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 2،583 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުން ހިމެނެ އެވެ.

އޭގެ އިތުރުން ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި ޖެޓީއެއް ހެދުމާއި ބްރިޖެއް ހެދުމުގެ އިތުރުން ރޭމްޕެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.