ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް ވީއައިއޭ އިން މަރުހަބާ ކިޔަނީ -- ފޮޓޯ: ވީއައިއޭ

ފަތުރުވެރިންގެ އަދަދު 8 ލައްކަ ހުރަސްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 822،000 އަށްވުރެ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 822،723 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 735،374 ފަތުރުވެރިންނަށްވުރެ 87،349 ފަތުރުވެރިން -- 11.9 ޕަސެންޓް އިތުރު މިންވަރެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން އަހަރުގެ މިހާތަނަށް 91،073 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ރަޝިއާއިން 83،219 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 78،961 ފަތުރުވެރިން އައިސްފައިވެ އެވެ.

އިޓަލީން 72،739 ފަތުރުވެރިން މިހާތަނަށް އައިސްފައިވާއިރު ޖަރުމަނުން 64،603 ފަތުރުވެރިން އަދި އިންޑިއާއިން އިންޑިއާ 46،342 ފަތުރުވެރިން އައިސްފައިވެ އެވެ.