އެމްއެމްއޭ: ފޮޓޯ އެމްއެމްއޭ

އޮކްޓޫބަރުގައިވެސް ރިޒާވް ދަށަށް

ރާއްޖޭގެ ރަސްމީ ރިޒާވުން އޮކްޓޫބަރު މަހު 40.7 މިލިއަން ޑޮލަރު މަދުވެއްޖެ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 499.6 މިލިއަން އެމެރިކާ ޑޮލަރެވެ. މިދިޔަ ސެޕްޓެމްބަރު މަހު ރިޒާވްގައި ހުރީ 540.3 މިލިއަން ޑޮލަރެވެ.

މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 657 މިލިއަން ޑޮލަރެވެ.

މީގެ ކުރިން ބޭނުންކުރެވޭ ރިޒާވް ހާމަކުރި ނަމަވެސް މިހާރު އެ އަދަދު ހާމައެއް ނުކުރެ އެވެ.