ރ. އިނގުރައިދޫ ނެރުގައި ބޭރުތޮށިލުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން:ފޮޓޯ--- އެމްޓިސީސީ

އިނގުރައިދޫ ނެރުގައި ބޭރުތޮށިލުން އެމްޓީސީސީއަށް

ރ. އިނގުރައިދޫ ނެރުގައި ބޭރުތޮށިލުމުގެ މަޝްރޫއު މޯލްޑިވްސް ޓާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން 6744.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 145 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެ އެވެ.

އޭގެ އިތުރުން 150 މީޓަރުގެ ސަރަހައްދެއްގައި މިހާރު ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުމާއި ނެތު ބައްތި ހަރުކުރުން ހިމެނެ އެވެ. މި މަޝްރޫއަކީ 17.18 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.