
ވީއައިއޭ -- ފޮޓޯ: ވީއައިއޭ ޓްވިޓާ
ހަ މަސް ތެރޭގައި 4 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފި
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 4.1 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.
ވީއައިއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މީގެ ތެރޭގައި ގިނައީ އިންޓަނޭޝަނަލް ދަތުރުތައް ކުރި ފަސިންޖަރުންނެވެ.
މީގެ ތެރޭގައި 2.6 މިލިއަން ފަސިންޖަރުންނަކީ އިންޓަނޭޝަނަލް ދަތުރުތައް ކުރި ފަސިންޖަރުންނެވެ. ދެން ހިމެނެނީ ސީޕްލޭނުން ދަތުރުކުރި 859،797 ފަސިންޖަރުންނާއި ޑޮމެކްޓިކް ދަތުރުކުރި 579،079 ފަސިންޖަރުންނެވެ.
ވީއައިއޭގެ އެއާ ޓްރެފިކް މޫވްމެންޓްސް މި މުއްދަތުގައި ހުރީ 124،665 ގަ އެވެ. މިއީ ހަތް ޕަސެންޓްގެ އިތުރުވުމެއްކަން ވީއައިއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ ތެރޭގައި ހިމެނެނީ އިންޓަނޭޝަނަލް 17،614 މޫވްމެންޓާއި ޑޮމެސްޓިކް 14،110 މޫވްމެންޓްގެ އިތުރުން ސީޕްލޭންގެ 92،941 މޫވްމެންޓެވެ.