އެމްއެމްއޭ -- ފޮޓޯ: އެމްއެމްއޭ

ރަސްމީ ރިޒާވް އިތުރުވެއްޖެ

އެޕްރީލް ނިމުނުއިރު ރަސްމީ ރިޒާވް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އެޕްރީލް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 622.1 މިލިއަން ޑޮލަރެވެ.

މިއީ މި އަހަރުގެ މާޗް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 541.8 މިލިއަން ޑޮލަރާ އަޅާބަލާއިރު 80.3 މިލިއަން ޑޮލަރު އިތުރުވުމެކެވެ.

ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން އެޕްރީލް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 113.6 މިލިއަން ޑޮލަރެވެ.