މީރާގެ މުވައްޒަފަކު ހިދުމަތް ދެނީ: ފައިލް ފޮޓޯ މީރާ

އާމްދަނީ 21 ބިލިއަނަށް

ދައުލަތަށް މިއަހަރު ލިބުނު އާމްދަނީ 21.6 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު އާމްދަނިއެއް ލިބުނީ ޓެކްސްގެ ގޮތުގަ އެވެ. ޓެކްސްގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބުނުއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ އަދި އެހީގެ ގޮތުގަިއ 308 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު ވަނީ 29.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހަރަދުގެ ބޮޑު އިންސައްތައެއް ހޭދަކުރީ ރިކަރަންޓް ހަރަދަށެވެ. އެއީ 21.6 ބިލިއަން ރުފިޔާ އެވެ. ކެޕިޓަލް ހަރަދަށް ހަތް ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ލޯނު ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.