ފަރެސްމާތޮޑާ އެއާޕޯޓްގެ 82 އިންސައްތަ ނިންމާލައިފި

ގދ. ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއުގެ 82 އިންސައްތަ ނިންމާލާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ އެއާޕޯޓްގެ ފަޔާ ބިލްޑިން އަދި ޓާމިނަލް އިމާރާތުގެ މަސައްކަތުގެ ބޮޑުބައި މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ސެކިއުރިޓީ ފެންސް ޖެހުން ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.