1.2 މިލިއަން ފަތުރުވެރިން އަތުވެއްޖެ

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.27 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. އެ ގައުމުން  180،255 ފަތުރުވެރިން އައިސްފައިވެ އެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓްގައި ދެން ހިމެނެނީ ރަޝިއާ އާއި ޔޫކޭ އެވެ.

ރަޝިއާއިން 155،490 ފަތުރުވެރިން ޒިޔާރަތްކުރިއިރު ޔޫކޭ އިން 139،788 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.