ތަކަންދޫ ފެރީ ހަޓު ނިންމާލައިފި
ހއ. ތަކަންދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފި އެވެ.
އެމްޓީސީސީ އިން ބުނި ގޮތުގައި އެއީ އާރްޓީއެލް ފެރީ ނިޒާމުގެ ދަށުން ޒޯން އެކެއްގައި ގާއިމުކުރެވުނު ފެރީ ސްޓޮޕެކެވެ.
އެތަނުގައި ކިއޮސްއަކާއި، ފާހާނާގެ އިތުރުން ދަތުުރުވެރިން މަޑުކުރާނެ ތަނެއް ވަނީގާއިމުކޮށްފައެވެ.
އާރްޓީއެލް ފެރީ ނިޒާމުގެ ތެރެއިން އުތުރުގެ ތިން އަތޮޅު ވަނީ ގުޅާލާފައެވެ.
މުޅި ރާއްޖެ ގުޅާލުމަށް ކުރިއަށް ގެންދާ މަޝްރޫއަށް ބޭނުންވާ އިތުރު ލޯންޗް ބަނުމަށް މިހާރު ވަނީ ހަވާލުކޮށްފަ އެެވެ.