އެމެރިކާގައި ބިހާއި ޕެޓްރޯލްގެ އަގު ދަށަށް

އެމެރިކާގައި ބިހާއި ޕެޓްރޯލްގެ އަގު މިދިޔަ މަހު ދަށަށް ހިނގައްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދު – އެމެރިކާގެ މަރުކަޒީ ބޭންކްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު ބިހުގެ އަގުން ވަނީ 13.8 ޕަސަންޓް ހެޔޮވެފަ އެވެ. އަދި ޕެޓްރޯލުގެ އަގު ވަނީ 20 ޕަސަންޓު ހެޔޮވެފަ އެވެ. މިއީ 1951 ވަނަ އަހަރުގެ ފަހުން ޕެޓްރޯލްގެ އަގު މިހާ ހެޔޮވި ފަހަރެވެ.

ބައެއް ތަކެތީގެ އަގު ހެޔޮވި ނަމަވެސް އަންހެނުންގެ އަންނައުނާއި ސްކޫލުތަކުގެ ފީގެ އިތުރުން ކާރު މަރާމާތުކުރުމުގެ އަގުތައް ވަނީ އުފުލިފަ އެވެ.