އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް

އޮމާންގެ ގައުމީ އެއާލައިން "އޮމާން އެއާ" ގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

އޮމާންގެ ވެރިރަށް މަސްކަޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮމާން އެއާއިން ކުރާ ދަތުރުތައް ފެށީ އިއްޔެ އެވެ.

ހަފުތާއަކު ހަތަރު ދުވަހު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ޓިކެޓުގެ އަގަކީ 385 އެމެރިކާ ޑޮލަރެވެ.