ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ފެންފުށީގައި ޕާކެއް

ބޭންކް އޮފް މޯލްޑިވްސް – ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި އދ. ފެންފުށީގެ ޕްރީސްކޫލު ޕާކު ތަރައްގީކޮށްފި އެވެ.

ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން ތަރައްގީކުރި މި ޕާކު މިހާރު ވަނީ އެ ސްކޫލުގެ ކުދިންނަށާއި އާންމުންނަށް ހުޅުވާލާފަ އެވެ.

ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވީ ރަށުގައި ކުޑަކުދިންގެ ޕާކެއް ނުހުރުމުގެ ސަބަބުން އެންމެ ބޮޑު މަގުސަދަކަށްވީ ޕާކު ތަރައްގީކޮށް ހިތްހަމަޖެހުމާޢި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.