އަންނަ އަހަރަަށް ލަފާކުރާ ބަޖެޓު މަޖިލީހަށް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވަނީ 42 ބިިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން ހަރަދުގެ ގޮތުގައި ހުށަހަޅާފައިވަޏީ 40 ބިލިއަން ރުފިޔާ އެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ޓެކުހުގެ ގޮތުގައި 23 މިލިއަން އަދި ޓެކްސް ނޫން އާމްދަނީ އިން 6.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ބަޖެޓުގެ ޖުމްލަ ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 8.4 ބިލިއަން ރުފިޔާގަ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުން އަންނަ އަހަރު ދައުލަތަށް ލިބޭނެ އާމްދަނީ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.