ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިމަހު ފަތުރުވެރިންގެ އަދަދު 78548 އަށް

މިމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 78548 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.15 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެގައުމުން 163،717 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ރަޝިއާއިން 137،501 ފަތުުރުވެރިން ޒިޔާރަތްކުރިއިރު، ޔޫކޭއިން 129،568 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10 ގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ސައުދީ އަރަބިއްޔާ އަދި ސްވިޓްޒަލެންޑް ހިމެނެެއެވެ.