ޕޯސްޓް -- މޯލްޑިވިއަން

އެއާ ޝޯ ފޮޓޯ ނަގައިގެން އިނާމު

މޯލްޑިވިއަން އިން އަލަށް ގެންނަ ވައިޑް ބޮޑި މަތިންދާ ބޯޓު ދައްކާލުމަށް ބާއްވާ އެއާ ޝޯގެ ފޮޓޯ އަދި ވީޑިއޯ މުބާރާތެއް އިއުލާނުކޮށްފި އެވެ.

މުބާރާތުގެ އިނާމުތައް

1 ވަނަ: ދެ މީހަކަށް ރާއްޖޭގެ ފަސް ތަރީގެ ރިސޯޓެއްގައި ފުލް ބޯޑާއެކު ދެ ރޭ ހޭދަކުރުމުގެ ފުރުސަތު، އެއާ ޓްރާންސްފާ އާއެކު،

2 ވަނަ: އިންޑިއާ ދެކޮޅު ޓިކެޓް ދެ މީހަކަށް (ޓްރިވެންޑްރަމް ނުވަތަ ކޮޗިން)

3 ވަނަ: ރާއްޖޭގެ އެތެރޭގެ ބޭނުން މަންޒިލަކަށް ދެ މީހެއްގެ ދެކޮޅު ޓިކެޓް

މީގެ އިތުރުން މުބާރާތުން ވަނަތައް ހޯދާ މީހުންނަށް އެއާބަސް އޭ330-200 މަރުކާގެ ފްލައިޓެއްގެ މޮޑެލް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

މުބާރާތުގެ ފޮޓޯ އާއި ވީޑިއޯ މިމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަންޖެހެ އެވެ.

މި އެއާ ޝޯ އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00-5:30 އަށް މާލޭގެ އުސްފަސްގަނޑުގެ އިތުރުން ހުޅުމާލެ 1 އަދި 2ގެ އިރުމަތީ ފަރާތު އަތިރިމަތިން ފެންނަ ގޮތަށެވެ.