އަމީނީމަގު ސެގްމަންޓް ފަހެއް ހުޅުވާލައިފި
މާލޭ އަމީނީމަގުގެ ސެގްމަންޓް ފަހެއްގެ މަސައްކަތް ނިންމާލުމަށްފަހު އާންމުންނަށް ހުޅުވާލައިފި އެވެ.
އަމީނީމަގުގެ މަޝްރޫއު ކުރިއަށް ގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނި ގޮތުގައި ސްޓެލްކޯ އިމާރާތުން ފެށިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ ހަމައަށް ތާރު އަޅައި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.
އަމީނީމަގުގެ މަޝްރޫއުގެ ތެރެއިން މީގެ ކުރިން ވަނީ ސްޓެލްކޯ އޮފީހުން ފެށިގެން އިރުމަތީކޮޅުގައި ތާރު އަޅައިފަ އެވެ.