ކާރު އެކްސްޕޯޓުގައި ޗައިނާއިން ޖަޕާނުގެ މައްޗަށް ކުރި ހޯދައިފި

ޖަޕާން ފަހަތަށް ޖައްސާލުމަށްފަހު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން ކާރު އެކްސްޕޯޓުކުރި ގައުމަކަށް ޗައިނާވެއްޖެ އެވެ.

ޗައިނާއިން 1.07 މިލިއަން ކާރު އެކްސްޕޯޓުކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ 58 ޕަސަންޓު އިތުރުވުމެކެވެ.

މި މުއްދަތުގައި ޖަޕާނުން އެކްސްޕޯޓުކުރީ 954،185 ކާރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަޕާނުން ބޭރުކުރި ކާރަށްވުރެ ހަ ޕަސަންޓު އިތުރުވުމެކެވެ.

ޗައިނާގެ އެކްސްޕޯޓުގެ އިތުރުވީ ރަޝިއާއިން ކާރު ގަތުން އިތުރުވުމާއި އިލެކްޓްރިކް ކާރަށް އޮތް ޑިމާންޑް އިތުރުވުމެވެ.

މިދިޔަ އަހަރު ޗައިނާއިން 3.2 މިލިއަން ކާރު ބޭރުކުރިއިރު ޖަޕާނުން ބޭރުކުރީ 2.6 މިލިއަން ކާރެވެ.