ސްކޮލާޝިޕް ލިބުނު އެތުލީޓުން: ފޮޓޯ- ބީއެމްއެލް

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕް ހަތް އެތުލީޓުންނަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން މިއަދު ހޮވައިފި އެވެ.

ސްކޮލާޝިޕަށް ހޮވުނު އެތުލީޓުން އިއުލާނުކުރުން އޮތީ މިއަދު ހެނދުނު މާލޭ ޓޭބަލް ޓެނިސް ހޯލުގައި ކުރިޔަށް ދިޔަ ހަފުލާއެއްގަ އެވެ.

އެތުލެޓިކްސް އިން ސްކޮލާޝިޕް ލިބުނީ މަރިޔަމް ރޫޔާ އަލީ އާއި މަރިޔަމް މިންހަލް ޝާމިންއަށެވެ. މި ދެ އެތުލީޓުން ތަމްރީންކުރާނީ ޖެމެއިކާއިންނެވެ.

ބެޑްމިންޓަން އިން ސްކޮލާޝިޕް ލިބުނީ މުހައްމަދު ސާލިމް އަބްދުލް ސަމަދު އާއި ޝުބާ މުހައްމަދު ޝަރީފަށެވެ. މި ދެ އެތުލީޓުން ތަމްރީން ކުރާނީ ޔޫއޭއީ އިންނެވެ.

ޓޭބަލް ޓެނިސް އިން ސްކޮލާޝިޕް ލިބުނީ ފާތިމަތު ޖުމާނާ ނިމާލް އާއި މޫސާ މުންސިފް އަހުމަދަށެވެ. މި ދެ އެތުލީޓުން ތަމްރީން ކުރާނީ ކްރޯއޭޝިއާއިންނެވެ.

ޓެނިސް އިން ސްކޮލާޝިިޕް ލިބުނީ ލަޔާން މުހައްމަދު ޝާމިން އަށެވެ. ލަޔާން ތަމްރީން ފުރިހަމަކުރާނީ ސްޕެއިންނެވެ.

ސްކޮލާޝިޕަށް ހޮުވުނު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގައި ތަމްރީން ފުރުސަތުތައް ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.