ބިލެތްފަހި ފެރީ ޓާމިނަލް ނިންމާލައިފި
ށ. ބިލެތްފަހި ފެރީ ޓާމިނަލްގެ މަސައްކަތް ނިންމާލައިފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިއީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ނިޒާމު ޒޯން އެކެއްގައި ހިމެނޭ މަޝްރޫއެކެވެ.
މި ފެރީ ޓާމިނަލްގައި ހިމެނޭ އިތުރު ހިދުމަތް ތަކުގެ ތެރޭގައި، ޓަކް ފިހާރައަކާއި ކޮމާޝަލް ސަރަހައްދެއްގެ އިތުރުން ޕޭރަންޓް ރޫމެއް ހުންނާނެ އެވެ.
އޭގެ އިތުރުން ލަގެޖު ބެހެއްޓުމަށް ހާއްސަ ސަރަހައްދަކާއި އާންމު ފާހަނާއެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.