ދަތުރުވެރިންގެ މާރުކޭޓް -- ފޮޓޯ: އަވަސް

ސެޕްޓެމްބަރު މަހު އަގުތައް މައްޗަށް

ރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން ރޭޓް މިއަހަރުގެ ސެޕްޓެމްބަރު މަހު މައްޗަށް ހިނގައްޖެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ 1.14 ޕަސެންޓް އުފުލިފަ އެވެ.

އިންފްލޭޝަން ރޭޓް މި އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު 0.16 ޕަސެންޓް މަތިވި އެވެ.