ދިރާގު ހެޑް އޮފީސް -- ފޮޓޯ: ދިރާގު

މިދިޔަ ކުއާޓަރުގައި ދިރާގަށް 698 މިލިއަން ރުފިޔާ

ދިރާގަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 698.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުން އާންމުކުރި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.

މޯބައިލް ހިދުމަތްތަކުން 376.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް އިން 300 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާއަކީ 254.9 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 218.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.