"ގޭމްސް އޮފް ތްރޯންސް" ގައި ޕީޓާ

"ހަންގާ ގޭމްސް" ގެ ޕްރިކުއެލްއަށް ޕީޓާ

"ގޭމް އޮފް ތްރޯންސް" ގެ ތަރި ޕީޓާ ޑިންކަލޭޖްއަށް، "ހަންގާ ގޭމްސް" ގެ ޕްރިކުއެލް ފިލްމަކުން ރޯލެއް ލިބިއްޖެއެވެ.

ހަންގާ ގޭމްސްގެ ޕްރިކުއެލް ފިލްމް، "ދަ ހަންގާ ގޭމްސް: ދަ ބެލޭ އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް" ގައި އެކްޓަރު ޕީޓާއަށް ލިބިފައިވަނީ އެކަޑެމީގެ ޑީންގެ ރޯލެވެ.

ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން "ދަ ހަންގާ ގޭމްސް: ދަ ބެލޭ އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް" އިން  އެކްޓްރެސް ރެޗެލް ޒެގްލާ ފެނިގެންދާނެއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ސިނަމާތަކުގައެވެ.

ޕީޓާ ޑިންކަލޭޖް ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި، "ދަ ކްރޮނިކަލްސް އޮފް ނާނިއާ: ޕްރިންސް ކެސްޕިއަން" އާއި އެކްސް-މެން: "ޑޭސް އޮފް ފިއުޗާ ޕާސްޓް" އަދި "ތޯ: ލަވް އެންޑް ތަންޑާ" ހިމެނެއެވެ.