އަކްޝޭ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އެކްޓަރު އަކްޝޭ ކުމާރް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަކްޝޭ ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުން އަމަލުކުރަން ޖެހޭ ގޮތްތަކަށް އަމަލުކުރަމުންދާ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. އެގޮތުން އަމިއްލައަށް އެކަހެރިވެފައިވާ ކަމަށާއި ގޭގައި ކަރަންޓީންވެގެން ހުރި ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

އަކްޝޭ ވަނީ އޭނާއާ ބައްދަލުވެފައިވާ ފަރާތްތަކުން ކޮވިޑްއަށް ޓެސްޓް ކުރުމަށް އެދިފައެވެ.