މުރައިދޫ ބަނދަރުގެ 60 އިންސައްތަ ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 އިންސައްތަ ނިންމާލައިފި އެވެ.

މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނީ ހާބަ ޕޭވްމެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި ޕެވްމެންޓް މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތު ކުރުން ހިމެނެއެވެ. އޭގެ އިތުރުން 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެ އެވެ.

އެމްޓީސީސީ އިން ބުނީ އެ މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނޭ ކަމަށެވެ.

ބަނދަރު ތަރައްގީ ކުރުމުގެ އެ މަޝްރޫއަކީ 36.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.