
ކައްދޫ އެއާޕޯޓްގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: އެމްޓީސީސީ
ކައްދޫ އެއާޕޯޓްގެ ބިން ހިއްކުން އެމްޓީސީސީއަށް
ލ. ކައްދޫ އެއާޕޯޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ސޭންޑް ސާޗް ސާވޭ ހަދާނެ ކަމަށެވެ. މީގެ އިތުރުން 56.40 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާ 4،433 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ ކަމަށެވެ.
މި މަޝްރޫއު ހަވާލުކުރީ 360.9 މިލިއަން ރުފިޔާއަށް 600 ދުވަހުން ނިންމުމަށެވެ.