ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ބިލުތަކުގެ ޖޫރިމަނާ މައާފުކޮށްދޭ ޕްރޮގްރާމެއް

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކަސްޓަމަރުންނަށް ބިލުތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށައިފި އެވެ.

މި އަހަރުގެ ނިޔަލަށް ކުރިއަށްދާ ޕްރޮގްރާމާއި ގުޅޭ ގޮތުން އެ ކުންފުނިން ބުނީ ޖޫރިމަނާ މައާފުކޮށްދެވޭނީ ފެން ބިލަށް ނުވަތަ ބިލުތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްފަހަރާ ދައްކާ ހަލާސްކުރުމަށްފަހު ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލްއަކުން ހުށަހެޅުމުން ކަމަށެވެ.

ޕްރޮގްރާމްގެ އިތުރު މައުލޫމާތު ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ނަންބަރު 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމުން ނުވަތަ [email protected] އަށް މެއިލްކުރުމުން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.