ހަތަރުވަނަ ޗައިނާއަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ހަތަރުވަނަ އަށް ޗައިނާއަށް އަރައިފި އެވެ.

ޖަރުމަނު ފަހަތަށް ޖައްސާލި ޗައިނާއިން މިއަހަރުގެ މިހާތަނަށް 67،800 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިދިޔަ ޖޫން މަހު ޗައިނާ އޮތީ ފަތުރުވެރިކަމުގެ މާކެޓްގެ ހަވަނައިގަ އެވެ. ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އޭރު ފަސްވަނައިގައި އޮތް އިޓަލީގެ މައްޗަށް ޗައިނާ ކުރި ހޯދީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 952،608 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 834،186 ފަތުރުވެރިންނަށްވުރެ 14.2 ޕަސަންޓް އިތުރުވުމެކެވެ.