ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ 75 ޕަސަންޓް ނިންމާލައިފި

ތ. ގާދިއްފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 އިންސައްތަ ނިންމާލައިފި އެވެ.

އެމްޓީސީސީއިން ބުނީ ގްރޮއިން ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ގޮނޑުދޮށައް ވެލި އެޅުމުގެ މަސައްކަތް މިހާރު 65 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 18,894 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއު އަކީ 19.1 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

ޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއު އަކީ 19.1 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.