ހަ ލައްކަ ފަތުރުވެރިންނަށް އަރައިފި

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 600،000 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް 606،395 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 508،306 ފަތުރުވެރިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 73،578 ފަތުރުވެރިން އައިސްފައިވާއިރު އިންޑިއާއިން 64،250 ފަތުރުވެރިން ރާޢްޖެ އައިސްފައިވެ އެވެ.

ރާއްޖޭގައި މިހާރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،231 ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 170 ރިސޯޓާއި 895 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީ އަދި 13 ހޮޓާ ހިމެނެ އެވެ.