ފުވައްމުލަށް އެތެރޭގެ މަގު ހެދުމުގެ 77 ޕަސެންޓް ނިމިއްޖެ

ޏ. ފުވައްމުލަށް އެތެރޭގެ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 77 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި ތާރު އެޅުމުގެ މަސައްކަތުގެ 40 މިހާޜު ވަނީ ނިމިފަ އެވެ.

މި މަޝްރޫއުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ..