އެމްއެމްއޭ -- ފޮޓޯ: އެމްއެމްއޭ

ރިޒާވް ދަށަށް ހިނގައްޖެ

ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މި އަހަރުގެ ޖޫން މަހުގެ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން ރަސްމީ ރިޒާވްގައި މޭ މަހުގެ ނިޔަލަށް ހުރީ 492.2 މިލިއަން ޑޮލަރެވެ.
މި އަހަރުގެ އެޕްރީލް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 622.1 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ޑޭޓާބޭސްގައިވާ މައުލޫމާތުތަކަށް ބަލާއިރު މޭ މަސް ނިމުނުއިރު ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ހުރީ 419 މިލިއަން ޑޮލަރުގަ އެވެ.

މިއާއެކު މޭ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 73 މިލިއަން ޑޮލަރެވެ.