މަސްރޭސް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވާހަކަ ދައްކަވަނީ -- ފޮޓޯ: އުރީދޫ

އުރީދޫ މަސްރޭސް މި އަހަރު ތިން ރަށެއްގައި

އުރީދޫ މޯލްޑިވްސް އިން ބާއްވާ "މަސްރޭސް" މި އަހަރު ތިން ރަށެއްގައި ބާއްވަން ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް ބޭއްވުމަށް ނިންމާފައިވަނީ މި އަހަރުގެ އޮގަސްޓް މަހު އެވެ.

މުބާރަތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގަ އެވެ.

ހިންމަފުށީގައި މުބާރާތް އޮންނާނީ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ. ތިނަދޫ ސިޓީގައި މުބާރާތް އޮގަސްޓް 16 ވަނަ ދުވަހު ބާއްވާއިރު ނައިފަރުގައި މުބާރާތް ބާއްވާނީ އޮގަސްޓް 23 ވަނަ ދުވަހު އެވެ.

މި އަހަރުގެ މުބާރާތް ބާއްވަނީ އުރީދޫ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެންނެވެ.

މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީވާން ހުޅުވާލީ ކ. ހިންމަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 17 އިން 24 އަށް ވަނީ ހުޅުވާލާފަ އެވެ.

މުބާރާތައް ވަނީ ޖުމްލަ 126،000 ރުފިޔާގެ އިނާމު ހުށަހަޅާފަ އެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ގޮތް

އެއްވަނަ ޓީމް: 25،000 ރުފިޔާ

ދެ ވަނަ ޓީމް: 10،000 ރުފިޔާ

ތިން ވަނަ ޓީމް: 5،000 ރުފިޔާ

އެންމެ މޮޅު މަސްވެރިޔާ: 1،000 ރުފިޔާ

އެންމެ މޮޅު އަންހެން މަސްވެރިޔާ: 1،000 ރުފިޔާ