ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ ޕްލޭނިން މިނިސްޓްރީ

ގްރީން ފަންޑުގައި 988 މިލިއަން ރުފިޔާ

މިއަހަރުގެ މޭ މަސް ނިމުނުއިރު ގްރީން ފަންޑުގައި ހުރީ 988 މިލިއަން ރުފިޔާކަން ހާމަވެއްޖެ އެވެ.

ގްރީން ފަންޑުގައި ހުރި 988 މިލިއަން ރުފިޔާގެ ތެރޭގައި ގްރީން ފަންޑުން ހަރަދުކޮށް މިދިޔަ އަހަރު ބާކީވި 774 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި މިއަހަރުގެ މޭ މަހުގެ ނިޔަލަށް ގްރީން ފަންޑަށް ލިބުނު ފައިސާއިން ހަރަދުކޮށް ބާކީވި 214 މިލިއަން ރުފިޔާ ހިމެނެ އެވެ.

މޭ މަހުގެ ނިޔަލަށް ގްރީން ފަންޑަށް 476 މިލިއަން ރުފިޔާ ޖަމާވިއިރު އެމަހުގެ ނިޔަލަށް ގްރީން ފަންޑުން 261 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.