20 ރުފިޔާ ރީލޯޑްކޮށްގެން ދިރާގުން އަގުހުރި އިނާމުތަކެއް

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެންމެ 20 ރުފިޔާ ރީލޯޑުކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޕްރޮމޯޝަންގެ އިނާމުތައް

  • ޕްލޭސްޓޭޝަން 5 ސްލިމް
  • ޑެލް ލެޕްޓޮޕް
  • ސެމްސަންގް ގެލެކްސީ ޓެބް އޭ9 ޕްލަސް
  • ކޮންސިއާޖް ގްރޫޕްއިން 500 ޑޮލަރުގެ ބަޓިކް އެއާ ގިފްޓް ވައުޗާ

ދިރާގުން ބުނި ގޮތުގައި އެންމެ 20 ރުފިޔާ ނުވަތަ އެއަށް ވުރެ ގިނައިން ރީލޯޑުކޮށްގެން ފަސޭހަކަމާއެކު މި އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފަ އެވެ.

މި އިނާމުތައް ހާސިލުކުރާ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ.

ދިރާގުން ބުނީ 500 ޑޮލަރުގެ ބަޓިކް އެއާގެ ގިފްޓް ވައުޗާ ހާސިލުކުރާ ނަސީބުވެރިޔާއަށް ބަޓިކް އެއާގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކޮންސިއާޖް ގްރޫޕް މެދުވެރިކޮށް ބުކިން ހެދުމަށް ބޭނުންކުރެވޭނެ ކަމަށެވެ.