
އެއާލައިނަކަށް ވީއައިއޭއިން މަރުހަބާ ކިޔަނީ -- ފޮޓޯ: އެމްއޭސީއެލް
ފަތުރުވެރިކަން 13 ޕަސަންޓު ކުރީގައި
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 13 ޕަސަންޓު އިތުރުވެއްޖެ އެވެ.ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 1،0410،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 917،000 ފަތުރުވެރިންނެވެ.
މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ރަޝިއާ އާއި އިންޑިއާއެވެ. މިއިން ކޮންމެ ގައުމަކުން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.