ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ވީއައިއޭގައި: ފޮޓޯ އެމްއޭސީއެލް

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް

ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި ބްރިޓިޝް އެއާވޭސް އިން ރާއްޖެއަށް ދަތުރުކުރަނީ އިނގިރޭސިވިލާތުގެ ހީތުރޯ އެއާޕޯޓުން ނެވެ. މިއީ ހީތުރޯ އެއާޕޯޓުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކެކެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާއިރު، އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ.

 މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 135،454 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.