
ޗުއްޓީގައި މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާ އާއި ތައިލެންޑަށް
ސްކޫލް ޗުއްޓީގައި މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާ އާއި ތައިލެންޑަށް ކުރަން ނިންމައިފި އެވެ.
މެލޭޝިއާގެ ކުއަލަލަންޕޫރާއި ތައިލެންޑްގެ ބެންކޮކްއަށް މޯލްޑިވިއަންގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު އަދި އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.
މި ދަތުރުތަކަށް މޯލްޑިވިއަން އިން ވަނީ ހާއްސަ ފެއާއެއް ތައާރަފުކޮށްފަ އެވެ.
އެ ގޮތުން މެލޭޝިއާ ދެކޮޅު ޓިކެޓް ފެއާ އަގު ފެށެނީ 355 ޑޮލަރަށެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި މެލޭޝިއާ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 21، 28 ގެ އިތުރުން ޖެނުއަރީ 4 އަދި 11 ވަނަ ދުވަހު އެވެ.
ބެންކޮކް ދެކޮޅު ޓިކެޓް ފެއާ އަގު ފެށެނީ 399 ޑޮލަރަށެވެ.
ބެންކޮކް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 23، 30 ގެ އިތުރުން ޖެނުއަރީ 6 އަދި 13 ވަނަ ދުވަހު އެވެ.
މި ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް 25 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.