ބީއެމްއެލްގެ ހިއްސާއަކަށޢް 40ރ. ބަހަން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 40 ރުފިޔާ ބަހަން ބޭންކްގެ އަހަރީ އާންމު ޖަލްސާގައި ނިންމައިފި އެވެ.

އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމުގައި ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 40 ރުފިޔާ ބެހުމަށް ނިންމީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި މިދިޔަ މަހު ހިއްސާދާރުންނަށް ބެހި 20 ރުފިޔާ ހިމަނައިގެންނެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބުނެވެ.