އާރްޓީއެލްގެ ބައެއް ރޫޓްތަކުގެ ވަގުތު މިރޭ އިތުރުކުރަނީ

އާ އަހަރުގެ މުނާސަބަތުގައި ބޭއްވޭ އެކި ހަރަކާތްތަކަށްދާ މީހުންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް އާރްޓީއެލް ބަސް ރޫޓްތަކުގެ ދަތުރު މިރޭ ދަންވަރު 2:00 އާ ހަމައަށް އިތުރުކޮށްފި އެވެ.

އެމްޓީސީސީ އިން ބުނި ގޮތުގައި ފަސް ރޫޓަކަށް ބަސް ދަތުރުގެ ވަގުތު ވަނީ އިތުރުކޮށްފައެވެ.

ވަގުތު އިތުރުކުރީ ވެސްޓް ޕާކް – ހުޅުމާލެ ފޭސް އެކެއް (އާރް1) އާއި ކާނިވަލް – ހުޅުމާލެ ފޭސް އެކެއް (އާރް2) އެވެ.

އޭގެ އިތުރުން ހުޅުމާލެ ފޭސް 2 – ހުޅުމާލެ ފޭސް 1 (އާރް6) އާއި އޯކިޑް ރޫޓް (އާރް10) އަދި އަމީނީ ރޫޓް (އާރް11) އަށް އާރްޓީއެލް ދަތުރު ވަނީ މިރޭ ދަންވަރު 2:00 އާ ހަމައަށް އިތުރުކޮށްފަ އެވެ.